މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނެފައިވަނީ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރިމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް، 45 މޭލު ބާރު މިނަށް ވައިގަދަވުން އެކަށިގެންވާކަމަށް މެޓުން ބުނެފައި ވެއެވެ.
މެޓުން ލަފާކޮށްފައިވަނީ މިއަދުވެސް ކަނޑުތައް ގަދަވާނެކަމަށެވެ. އެގޮތުން، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވެފައި، ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 5-8 ފޫޓް އުސްމިނުގަ އެވެ. އަދި، ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 3-6 ފޫޓް އުސްމިނުގަ އެވެ.
ވިއްސާރަވެ މެޓް އޮފީހުން ވަނީ، ހެނދުނު 07:15 ގައި، ނ އިން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. މެންދުރު 01:00 އަށް ސަމާލު ނެރެފައިވަނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެދާނެކަމަށް ލަފާކޮށްނެވެ.