ނައިފަރު މަސްމާރުކޭޓުން އިތުރު ގޮޅިތަކެއް ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ނައިފަރު ކައުންސިލުން ބުނީ، އެރަށުގެ މަސްމާރުކޭޓްގެ ދެކުނުފަޅީގައިވާ މަސްމާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރަން ނިންމައި، އެގޮޅިތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އަދި، ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ 10:00 އާ ހަމަޔަށް އޮންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ..
ބީލަން ރަޖިސްޓްރޭޝަން ފީގެގޮތުގައި 100 ރުފިޔާ ދައްކަންޖެހެއެވެ. ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7247788 އަށް ވައިބަރ އަށް އަދި procurement@naifaru.gov.mv އީމެއިލް އަށް ފޮނުއްވާ info@naifaru.gov.mv އަށް ސީސީ ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.
މި ބިޑާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނުބާއްވާނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ. މިކަމާ ގުޅިގެން، އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެކައުންސިލްގެ ނަންބަރު، 6622737 އަށް ގުޅާލުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.