back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާލެ ސަރަހައްދުގައި ފާނަ އާލާކުރުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ސަރުކާރުން ނިންމައިފި

ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަހައްދެއް ކަނޑައެޅުއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓްރީން، ކެބިނެޓަށ ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދު (ކޯޑިނޭޓްސް: 4°3’53.94″N 73°25’37.87″E) އަކީ، ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި، މި ފަރަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މެރިކަލްޗަރ ތަމްރީނުތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، މި ވިޔަފާރި ފަށައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދީގެން ކުއްޔަށް ދޫކުރެވޭ ފަޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ. އަދި، މެރިކަލްޗަރ ވިޔަފާރި ތަޖުރިބާކުރުމަށް ހުށަހަޅާ ދިވެހީންނަށް އަމާޒުކޮށްގެން، މި ސަރަހައްދު ކުއްޔަށް ދިނުމަށްވެސް ނިންމާފައި ވެއެވެ.

އެދުވަހުގެ ކެބިނެޓް މަޝްވަރާތަކަށްފަހު ސަރުކާރުން ވަނީ މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރުމަށް އަތޮޅުތެރޭގެ ޚާއްސަ ޒޯންތަކެއްވެސް ކަނޑައަޅާފަ އެވެ.

މެރިކަލްޗާ ތަރައްގީކުރަން ކަނޑައެޅި ޒޯންތައް:

  •  ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
  • މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
  • މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
  • ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯންމިއީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ