ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް، ހުދު ސަމާލު ނެރެފި އެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް،މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 09:00 އިން ހަވީރު 15:00 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ވާރޭވެހި ގުގުރުން އެކަށިގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މިއަދު، ކަނޑު އާދައިގެ ވަރަކަށް މަޑެވެ. އެހެންނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައި ވެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައި ވަނީ 2-5 އުސްމިނުގަ އެވެ.