ހއ އިން ފެށިގެން ތ އަތޮޅާ ހަމަޔަށް ނެރުނު ހުދު ސަމާލު ދަންމާލައި، ލ އަތޮޅާއި ގއ އަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން، ހެނދުނު 07:00 ގައި، ހއ އިން ތ އަތޮޅަށް ނެރުނު ސަމާލު 12:00 އަށް ހަމަވުމާއެކު މިހާރު ވަނީ އެއަތޮޅުތަކަށް 18:00 އާ ހަމަޔަށް ސަމާލު ދަންމާލާފަ އެވެ. އަދި ލ އަތޮޅާއި ގއ އަތޮޅަށް ވަނީ، 12:00 އިން 18:00އަށް ހުދު ސަމާލު އަލުން ނެރެފައެވެ.
ސަމާލު ނެރެފައިވާ ވަގުތުތަކުގައި، މި އަތޮޅުތަަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ވަނީ އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.