ތ. ވިލިފުށީ ލޭންޑް ޔޫސް ޕްލޭންގެ 68.3 ސަރަހައްދުން މަސްވެރިކަމުގެ އުފެންދުންތެރި މަސައްކަތް ކުރުމަށް ބިންތަކެއް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ވިލި ފުށި ކައުސިލުން މިއަދު ވަނީ މިއަދު ހެނދުނު 09:00 ޖެހިއިރު،، ބިން ދޫކުރުމައި ގުޅޭ ބީލަން ކަރުދާސް ދޫކުރަން ފަށާފަ އެވެ. އެކައުންސިލުން ބުނީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް ބީލަން ކަރުދާސް ދޫކުރާނެކަމަށެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ ވިއްކަމުން ދަނީ 50 ރުފިޔާއަށެވެ.
ބީލަން ކަރުދާސް ނަގަންދާ އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ޝަހުސެއްނަމަ ރަޖިސްޓްރީ ނުވަތަ ރަޖިސްޓްރީގެ ކޮޕީ ގެންދަންވާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، އެއްވެސް ފަރާތެއްގެ ބަދަލުގައި ފޯމު ނަގަންދާނަމަ، ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅަންވާނެކަމަށްވެސް ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ، ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ އަންނަމަހުގެ 06 ވަނަ ދުވަހުގެ 13:15 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި، ބީލަން ކަރުދާހާއި ފޯމް ނުނަގާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. އަދި، ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި އެއްބާވަތެއްގެ 2 ބިން ދޫނުކުރެވޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅާލުމުން މައުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ވިލުފުށި ކައުންސިލުން ބުނެފައި ވެއެވެ.