back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑިދޯނިފަހަރު ބަނުމާއި މަރާމާތްކުރުމަށް އިންނަމާދޫން ބިން ކުއްޔަށް ދޫކުރަނީ

ސިނާއީ މަސައްކަތްކުރާ ސަރަހައްދުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް އަދި ސިނާއީ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ރ. އިންނަމާދޫ ކައުންސިލުން ނިންމައިފި އެވެ.

އިންނަމާދޫ ކައުންސިލުން ބުނީ، އެރަށުގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތްކުރުމަށް އަދި ސިނާއީ މަސައްކަތް ކުރުމަށް 60 ފޫޓް ދިގު 30 ފޫޓް ފުޅާ (1800 އަކަފޫޓް) ގެ 2 ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ ކައުންސިލުން އިއްޔެ ވަނީ ބީލަން އުސޫލުން މި 2 ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް  ބިޑްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާގެ އީ-މެއިލް: info@innamaadhoo.gov.mv އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެއެއް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން ބުނީ، މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ބީލަމަށް ރަޖިސްޓްރީ ކުރެވޭނެކަމަށާއި، ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަންނާނެކަމަށެވެ،

ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް:

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް.
  •  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
  • ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
  • އަމިއްލަ ފަރުދުން

ބީލަން ހުޅުވުން އޮންނާނީ  އަންނަ މަހުގެ 7 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

”ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ.“ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ބީލަން ހުޅުވާ ބައްދަލުވުމަށް، ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ބައިވެރިވާ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންދަންވާނެކަމަށެވެ. އަދި،ބިޑަށް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި އަދި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ކައުންސިލްގެ ނަންބަރު، 6580052 ގުޅާލުމުން ނުވަތަ ކައުންސިލްގެ ނައިބު ރައީސް،އަޙްމަދު ރުޒާނުގެ ފޯން ނަންބަރު 7965507 އަށް ގުޅާލުމުން ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

މިލިޔުމާއި ގުޅޭ