back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސް ގަންނަ އަގު ބޮޑު ކުރީ މަސްވެރިންނަށް ހައްގު އަގު ހޯދައިދޭން: ޝާހިދު

އިބްރާހިމް މުހައްމަދު ޞާލިހު(އިބޫ) ގެ ސަރުކާރުން މަސްވެރިން އަތުން މަސްގަންނަ އަގު ކިލޯއަކުން 25 ރުފިޔާގެ ރޭޓަށް ބޮޑު ކުރީ މަސްވެރިންނަށް ހައްގު އަގު ލިބޭނެ ގޮތް ހޯއްދަވައި ދެއްވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަދި އދ ގެ އާންމު މަޖިލީހުގެ ވެސް ރައީސްކަން ކުރައްވާފައިވާ ޝާހިދު މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފަތުހުﷲ ޖަމީލުގެ ކެމްޕޭނުގެ މާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ކުރީ ސަރުކާރުން މަހުގެ އަގުބޮޑުކުރީ އެއްވެސް ބެލުމެއް ނެތި ކަމަށާއި، ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުންކަމަށް ބުނާ ބުނުމަށް އިޝާރާތަކުުރައްވައި ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިން އަތުން މަސްގަންނަ އަގު ބޮޑު ކުރީ އެކަމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އޭގެ އަގު ދައުލަތުން ދެވޭނެގޮތް ތަރުތީބު ކޮށްފައި ކަމަށެވެ. އަދި މި ސަރުކާރަށް އެކަން ނުވެގެން އުޅެނީ އިގުތިޞާދު ހަމައިން ނެއްޓި ކަންކަން ކުރަންވީގޮތް ނޭނގިގެންކަމަށް ޝާހިދު ވިދާޅުވި އެވެ.

”އިނގިރޭސި ވިލާތުން ޑިއުޓީ ކަނޑާލަން އޮތީ ތައްޔާރަށް. ޔޫރަޕިން ޔުނިއަށް އިން އޮތީ ޑިއުޓީ ކަނޑާލަން ތައްޔާރަށް. އިގުތިޞާދު ހަމައިން ނައްޓައިގެން ގޮސް، އެހިސާބަށް ދިޔައިމާ މިސަރުކާރަށް އެކަން ނުކުރެއްވުނީ. ވައްޓަފާޅި ނޭނގެނީ. ކަންކުރަންވީގޮތްވެސް ނޭނގެނީ. އުޅޭނެ ގޮތެއްވެސް ނޭނގެނީ. އަޅުގަނޑުމެންގެ ރައީސް މަހުގެ އަގުބޮޑު ކުރެއްވީ މަސްވެރިންނަށް ހައްގު އަގު ލިބޭނެ ގޮތް ހޯއްދަވައިދެއްވުމަށް.“ ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަފުޅުގައި މަސްވެރިންނަށް ފައިސާ ނުދޭ މައްސަލައިގައި ކަންބޮޑުވާކަން ފާޅުކުރައްވާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ތާރީޚުގައި ދިމާނުވާފަދަ ދަތި ދުވަސްތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ކޮވިޑް ދުވަސްވަރުގައި ބޯޑަރު ބަންދުކޮށް، އާމްދަނީ އެއް ނުލިބި ދައުލަތުގެ ޚަޒާނައަށް ލާރި ނުވަދެ އޮތް ހާލަތުގައިވެސް މަސްވެރިން އަތުން ގަތް ފައިސާއަށް ހަފުތާއިން ހަފުތާއަށް ފައިސާ ދެއްކޭނެ އިންތިޒާމު އެ ސަރުކަރުން ހަމަޖެއްސި ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެކަން އެގޮތަށް ނުކުރާތީ ސުވާލު އުފެއްދެވި އެވެ.

”ރައީސުލްޖުމްހޫރިއްޔާ އާއި މި ސަރުކާރަށް ދަންނަވާލަން އޮތީ ކޮބައިތޯ އޭ މަސްވެރިން އަތުން ތިޔަ ބޭފުޅުން ބައްލަވައިގަނެފަ ލިބުނު ފައިސާ.ކޮންތާކުތޯ އެއެޗިހި ވީ؟ގައިމުވެސް މަސްވެރިން ބޭނި މަސްވީ ތިޔަބޭފުޅުންގެ އަތްމަތީގައ ނޫންތޯ؟ އެހެންވީމައި މަސްވެރިންނަށް ހައްގު ފައިސާ ދެއްވާ. ދޭންޖެހޭނެ. އެއީ މަސްވެރިންގެ ހައްގެއް.“ ޝަހިދު ވިދާޅުވި އެވެ.

މަސްވެރިންނަށް ދައުލަތުން ދޭން ހުރި ފައިސާ ދެއްކުމުގައި ބައިބަޔަށް ދޭން ނިންމާފައިވާތީ އެކަމާވެސް ޝާހިދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

”ދެން އެ ވިދާޅުވަނީ ބައިބަޔަށް ދައްކާނަމޭ. ބައިބަޔަކަށް ނޫނެއް ނޫންތީ އެބޭފުޅުން މަސް ބައްލަވައިގަތީ. ހަމަ ގަނޑުކޮށް ހުރިގޮތަށް ގަތީ.އެއްކިބަ މިއަދު ގަނެފަ މާދަމާއެއް ނޫނޭ އަނެއް ކިބަ ބައްލަވައިގަތީ.“ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިމޭރުމުން ވާހަފުޅު ދައްކަވާފައިވާއިރު، މަސްވެރިންވެސް ބުނަމުންދަނީ އެމީހުން ސަރުކާރަށް ސަލަން ޖަހަމުން ދަނީ އެމީހުންކުރި ބުރަ މަސައްކަތުގެ ހައްގު ފައިސާ ހޯދަން ކަމަށެވެ. އަދި ސަރުކާރަށް މަސްވެރިން ކުރަމުންދާ ”ޑިމާންޑް“ އަކީ ވެސް އެއް ފަހަރާ ލާރި ދެއްކުމެވެ. މަސްވެރިން އެމީހުންނަށް ދޭން ހުރި ފައިސާ ވަގުތުން ވަގުތަށް ޖަމާކޮށްދޭން އިހުތިޖާޖު ކުރުމުން ރޭ ސަރުކާރުން ވަނީ ހަތްދިހަ މިލިއަން ރުފިޔާ ދޫކޮށް މަސްވެރިން ހައްދާލާ ގެއަށް ފޮނުވާފަ އެވެ. އަދި ބައިބަޔަށް ބަހައިގެން މިހާރު ނުދެވި ހުރި ފައިސާ މާޗު މަހުގެ ނިޔަލަށް ދައްކާ ޚަލާސް ކުރާނެކަމަށް ބުނެފަ އެވެ.

މިލިޔުމާއި ގުޅޭ