back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ތުނބަ ހަނދި:(ހަނދި އާއިލާ)

ތުނބަ ހަންޖަކީ ރާއްޖޭގެ ކަނޑުތަކުގައި 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ.

މިއީ، ދިވެހިން ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. ތުނބަ ހަންޖަކީ ފަތިކޮށް ހުންނަ މަހެކެވެ. އެހެނިން ގިނަ ހަނދީގެ ބާވަތްތަކަށްވުރެ ބޮޑަށް މަހުގެ ތުނބުގައި ބޯހަންފަށެއް ހުރެއެވެ. ދިވެހިންކުރާ ދުވާލާއި ރޭގަނޑުގެ ކެޔޮޅުކަމުގައި މަދުމަދުން މި މަސް ބޭނެއެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 28 އާއި، 31 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 24 އާއި 26 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 70ސެންޓި މީޓަރަށެވެ.

ތުނބަ ހަނދީގެ ކުލައަކީ ރިހިއަޅި ކުލައެވެ. ދިރޭމަހުގެ މަތީބައި ހުންނަނީ ފަނޑުފެހި ކުލައަކަށްދާ ކުލައެއްގަ އެވެ. މަހުގެ ދެ އަރިމަތީގައި ގަދަ ރީނދޫ ކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައްތަކުން ގިނަލައް ހުންނަނީ މަހުގެ ދިގަށް ދެ އަރިމަތީގައި ހުންނަ ހުޅުނބު ރޮނގަށްވުރެ ތިރީގަ އެވެ. މަހުގެ ދެއަރިމަތީގައި ފަނޑުކޮށް ހުންނަ ފުޅާ ރޮނގުތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ހުދުކުލައެއްގަ އެވެ. މަހުގެ ކާނާއަކީ ކަނޑުއަޑީގެ ވެލިގަނޑުތެރޭގައި އުޅޭ ހަރުތޮށިލީ ދިރުންތަކާއި، ފަންޏާއި ކުދި މަހެވެ.

ތުނބަ ހަނދި:

ސައިންޓިފިކް ނަން: Carangoides orthogrammus)

އިނގިރޭސި ބަހުން: Island trevally)

މަސްދަރު: މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ

މިލިޔުމާއި ގުޅޭ

ފަނި ހަނދި: (ހަނދި އާއިލާ)

ކަނޑު ރަސްގެފާނު

ލައްޓި

ފަނި ހަނދި: (ހަނދި އާއިލާ)

ކަނޑު ރަސްގެފާނު

ލައްޓި