back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަަށް ލޯނަށް ހުށަހެޅުމުގެ ފުުރުސަތު މިއަދު ހުޅުވާލަނީ

ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ޚާއްސަ ލޯން ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާނެކަމަށް، އެސްއެމްއީ ޑެވެލޮޕްމެންޓް އެންޑް ފައިނޭންސިންގ ކޯޕަރޭޝަން(އެސްޑީއެފްސީ) އިން ބުނެފި އެވެ.

ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ޚާއްސަ ލޯން ސްކީމް ތައާރަފުކޮށް އިފުތިތާހުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި މިކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެސްޑިއެފްސީން ބުނީ ފަރުމަހުގެ މަސްވެރިކަން ފެއްޓުމާއި ކުރިއެރުވުމަށް އަދި ކުދި އައިސްޕްލާންޓް ބެހެއްޓުމަށް ލޯނު ދޫކުރާ މި ސްކީމްގެ ދަށުން ލޯނަށް ހެށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލާނެ ކަމަށާއި މިހާރު އެކަމަށް ތައްޔާރުވެފައިވާކަމަށެވެ.

ފަރުމަހުގެ މަސްވެރިކަން ކުރަން ފެއްޓުމަށާއި، މިހާރުވެސް ފަރުމަހުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކުން، އެމަސައްކަތް އިތުރަށް ކުރިއެރުވުމަށާއި، އަދި ކުދި އައިސް ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް މި ސްކީމްގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައި ވެއެވެ.

ލޯނުގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރުމަށް ނިންމާފައިވަނީ 700،000 ރުފިޔާ އެވެ.  ސްކީމްގެ ދަށުން ލޯނު ނަގާ ކަންކަމަށް 700،000 ރުފިޔާއަށްވުރެ އިތުރުވާނަމަ އެޚަރަދު ކުރަންޖެހޭނީ ލޯނަށް އެދޭ ފަރާތުން ކަމަށް ވެސް އެސްޑީއެފްސީން ބުނެއެވެ.

މީގެ އިތުރުން، ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަމަސް ދުވަސް ދޭނެކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް، ގިނަވެގެން 10 އަހަރުގެ މުއްދަތެއް ދޭނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަން ކަނޑައަޅާފައި ވަނީ %5 އެވެ.

 

މިލިޔުމާއި ގުޅޭ