back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ޕާކުގައި ސީއައުޓްފޯލް އަޅައިދޭނެ ފަރާތެއް ހޯދަނީ

މާލެ ސިޓީ، މަސްވެރިންގެ ޕާކުގެ ސީއައުޓްފޯލް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް މޯލްޑިސްވް ވޯޓަރ ސުވަރޭޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އިން އިއުލާނުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީން، އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، މަސްވެރިންގެ ޕާކް (ޕީ.އެސް 8) ސީއައުޓްފޯލް އަޅައިދިނުމަށް އަލުން ބިޑަށް ހުޅުވާލީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އެހެންކަމުން އެކުންފުނިން ވަނީ އެ އިޢުލާން ބާތިލްކޮށް އެ މަސައްކަތަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހު އަލުން ހުޅުވާލާފަ އެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން.
  • ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން (GC01/GC02) ގްރޭޑް 07 ގެ ގިންތި އަށް ޝަރުތުހަމަވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އަށް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

އެމްޑަބްލިއުއެސްސީން ބުނީ ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކުންފުނީގެ ވެބްސައިޓް tenders/mv.com.mwsc.www://https މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކޭނެކަމަށާއި، ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނިކަމަށެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00ރ އަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިމަހުގެ31 ވަނަ ދުވަހުގެ ނިޔަލަށް ބީލަންފޮތްތަކަށް ފައިސާ ބަލައިގަންނާނެކަމަށެވެ، އަދި، ބީލަންފޮތުގެ ސޮފްޓްކޮޕީ ފޯރމެޓްގައ،ި ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަންނަމަހުގެ 1 ވަނަ ދުވަހު އީމެއިލް
ކުރާނެކަމަށެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2024 ވާ ދުވަހު 11:00 ގައި އެމްޑަބްލިއުއެސްސީ ކަސްޓަމަރ
ސަރވިސް ބިލްޑިންގ، 6 ވަނަ ފަންގިފިލާގަ އެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 03 ސެޕްޓެމްބަރ 2024 ވާ ދުވަހު 11:00 ގައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅަން ޖެހޭ ކަމަށެވެ. އަދި، ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެއްކަމަށާއި، ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ %10 ބިޑް އެވޯރޑްކުރެވޭތާ 05 ދުވަސްތެރޭގައި ހުށައަޅަންވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ