ރ. ރަސްގެތީމުގައި މަސްކަނޑާ ތަނެއް އަޅާދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.
ރަސްގެތީމު ކައުންސިލުން މިކަމާއި ގުޅޭގޮތުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، އެކައުންސިލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މަސްކަނޑާ ތަނެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މަސްކަނޑާ ތަނެއް އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ.
އެގޮތުން، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 މެއި 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ގޮސް މަޢުލޫމާތު ހޯދުމަށްފަހު 2024 މެއި 19 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ، މަޢުލޫމާތު ސާފުނުކޮށ،ް އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަންނާނެކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ކައުންސިލްގެ އީ-މެއިލް info@rasgetheemu.gov.mvއަށް މެއިލްކޮށްގެން ނުވަތަ އެ އިދާރާގެ ފޯނު ނަންބަރުތަކަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. ކައުންސިލްގެ ނަންބަރުތަކަކީ 6580068 / 9777183 އެވެ.