މަސްވެރިކަމުގެ ދާއިރާގެ ކަންބޮޑުވުުންތައް ހައްލުކުރަން މަޝްވަރާކޮށްފި
ކެޔޮޅާ |
05 މެއި 2024

މަސްވެރިކަމުގެ ދާއިރާގެ ކަންބޮޑުވުުންތައް ހައްލުކުރަން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްް މިއަދު  މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން(އެމްއެސްޕީއީއޭ)ގެ އިސް ފަރާތްތަކާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެމްއެސްޕީއީއޭއާއި އިންޑަސްޓްރީގެ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ހާމަކުރައްވާފަ އެއް ނުވެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކުރެވިދާނެ ކަންކަން ދެނެގަނެެ އެމައްސަލަތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. ފިޝަރީޒް މިނިސްޓަރު ވަނީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތައް ކުރިމަތިވެފައިވާ މައްސަލަތައް މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!