ނިލަންދޫގައި މަސް ފެކްޓަރީއެއް އަޅަން ބިމެއް ކަނޑައަޅަނީ
ކެޔޮޅާ |
05 މެއި 2024

ފ. ނިލަންދޫގައި މަސް ފެކްޓަރީއެއް އެއް ގާއިމުކުރަން ބިމެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ފ. ނިލަންދޫގައި މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް ނިލަންދޫ ކައުންސިލާ މިއަދު ބައްދަލުކޮށްފައި ވާކަމަށެވެ. އަދި، މިބައްދަލުވުމުގައި ފެކްޓަރީ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!