މަތިވެރި ދާއިރާގައި ސްޕޯޓްސް ފިޝިންގް ހަބެއް ގާއިމުކުރަން މަޝްވަރާކޮށްފި
ކެޔޮޅާ |
05 މެއި 2024

އއ. މަތިވެރި ދާއިރާގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް ނުވަތަ ހަބެއް ޤާއިމު ކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިނިސްޓަރު ޝިޔާމް މިއަދު އއ. މަތިވެރި ދާއިރާގެ އިންތިޚާބީ ކެނޑިޑޭޓާއި އެ ދާއިރާގެ ބައެއް ކައުންސިލްތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި، މަތިވެރި ދާއިރާގެ ގިނަ ރަށްތަކަކީ ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަދި ކުރިއަރަމުން އަންނަ ސަރަޙައްދަކަށްވުމުން އެ ސަރަހައްދުގައި ވަދު ކަނދުފަތިތަކެއް އެޅުމާބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. އަދި އއ. މަތިވެރި ދާއިރާގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް ނުވަތަ ހަބެއް ޤާއިމު ކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!