back to top
28 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑުމަހާއި ފަރުމަހުގެ ވިޔަފާރިއަށް ބުރުނީން ބިން ކުއްޔަށްދެނީ

ތ. ބުުރުނީން ކަނޑުމަހާއި ފަރުމަހުގެ ވިޔަފާރިއަށް ބިންތަކެއް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

ކަނޑުމަހާއި، ފަރުމަހުގެ ވިޔަފާރި އަދި މަސްކައްކާ ހިއްކުމާި، މަސް ލޮނުއެޅުމާއި، މި ނޫންވެސް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށްދޭން ނިންމާފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގެ ހުޅަނގުން މިހާރުގެ ރާގޮނޑި ހިފާ ސަރަހައްދާއި އިވެގެން އޮތް ނައިބުކަލޭފާނުމަގުގެ ހުޅަނގުން ޒެޑް.އައި.އެލް އިންވެސްޓްމަންޓް އަށް މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ދޫކޮށްފައިވާ ބިމުގެ ހުޅަނގުން އޮތް ހުސްބިމުގެ ތެރެއިން ތިން ބިންކަމަށް ބުރުނީ ކައުންސިލުން ބުނެފައި ވެއެވެ.

ތިން ހާސް އަކަފޫޓްގެ ބިން އެންމެ ދިގުވެގެން ފަސްއަހަރަށް ކުއްޔަށް ދޭން ނިންމާފައިވާއިރު، ބިންކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގުގެގޮތުގައި ކަނޑައަޅާފައިވަނީ އަކަ ފޫޓަކަށް 0.15 ލާރި އެވެ.

މި ބިންތައްކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން އަންނަ މެއި މަހުގެ 12 ވަނަ ދުވަހާއި ހަމަޔަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ފުރުސަތު ހުޅުވާލީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިކަމާއިގުޅޭ މައުލޫމާތު މެއި މަހުގެ 13 ވަނަ ދުވަހުގެ 13:30 އާ ހަމަޔަށް ލިބޭނެކަމަށާއި، ބިޑު ހުޅުވުން އޮންނާނީ 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ