ރާއްޖޭގެ ފަރުތަކުން ގާ ހުދުވުން ސަމާލުވާންޖެހޭ ފައްތަރެއްގައި!
ކެޔޮޅާ |
26 އޭޕްރިލް 2024

ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލައަށް ސަމާލުކަންދޭން ޖެހޭ ހިސާބަށް ގޮސްފި އެވެ.

ރީޖަނަލް ބްލީޗިންގް ހީޓް ސްޓްރެސް މެޕުން ދައްކާ ގޮތުގައި، ގައު ހުދުވުމުގެ ގިންތިކުރާ މިންގަނޑުގައި މިހާރު ރާއްޖެ އޮތީ ”އެލާޓް ލެވެލް-1“ ގަ އެވެ. އަދި ކުރިޔަށް އޮތް ހަތަރު ހަފުތާ ތެރޭގައި ”އެލާޓް ލެވެލް-2“ އަށް އަރާނެކަމަށްވެސް އަންދާޒާކޮށްފައި ވެއެވެ.

ރާއްޖޭގެ އެކި ސަރަަހައްދުތަކުން ގާ ހުދުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާކަަމަށް މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް އިން މިިދިޔަ މާޗްމަހުގެ 17 ވަނަ ދުވަހު ބުންޏެވެ. އޭރު، ރީޖަނަލް ބްލީޗިންގް ހީޓް ސްޓްރެސް މެޕުން ދެއްކި ގޮތުގައި، ގައު ހުދުވުމުގެ ގިންތިކުރާ މިންގަނޑުގައި ރާއްޖެ އޮތީ ”ވޮޗް“ ލެވެލްގައެވެ. އަދި އެއްމަސް ދުވަހުގެތެރޭގައި އިންޒާރުދޭ މިންގަޑަށް ދާނެކަމަށް ލަފާކޮށްފައިވާއިރު، ދެމަހުގެ ތެރޭގައި އެލާޓް ”ލެވެލް 1 ”އަށް އަރާނެކަމަށް އޭރު އަންދާޒާކުރި އެވެ. މިހާރު މިއޮތީ އަންދާޒާކުރި ގޮތް ހަގީގަތަކަށް ބަދަލުވެފަ އެވެ.

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް މާޗްމަހު ބުނެފައިވަނީ، ރާއްޖޭގެ ފަރުތައް ބަލަމުންދާއިރު ގާ ހުދުވުން ފާހަނގަވެއްޖެނަމަ ނުވަތަ އެއްވެސް އަލާމާތެއް ފެންނަނަމަ ކޮރަލް ޑޭޓާ ބޭސްއަށް އަންގައިދިނުމަށް އެދޭކަމަށެވެ. އޭރު ރިޕޯޓުކުރުމަށް އެދިފައިވަނީ އެ އެސެންޓަރުން އެކަމަށް ޚައްސަކޮށްގެން ހަދާފައިވާ ގޫގުލް ފޯމާއި، އެއިދާރާގެ މެއިލް އަދި ވެބްސައިޓް މެދުވެރިކޮށްނެވެ. އޭގެ ފަހުން ރަސްމީ ސިފައެއްގައި މިކަމާއި ގުޅޭގޮތުން އެސެންޓަރުން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މުރަކަ އިންދާ ފަރާތްތަކުންނާއި، ޑައިވިންގ ކުރާ މީހުންނާއި، މަސްވެރިކަމުގައި ހަަރަކާތްތެރިވާ ފަރާތްތަކާއި، އަދި މިކަމަށް ޝައުގުވެރިކަން ހުންނަ އަދި ގާހުދުވުމުގެ މައްސަލައާމެދު ކަންބޮޑުވާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ފަރުތަކުގެ ވީޑިއޯތައް ދައުރުކުރަމުންނެވެ. މި ވީޑިއޯތައް ބަލާލުމުން ރާއްޖޭގެ ފަރުތަކުގެ ނާޒުކު ހާލަތު ވަޒަންކުރެެވެއެވެ.

މިއަދުގެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ބައެއް ޕޯސްޓްތަކަށް ބަލާއިރު ސޭވް މޯލްޑިވްސް ކެމްޕޭން ވަނީ ރާއްޖޭގެ ސަރުކާރާއި، ކަމާއިގުޅޭ އިދާރާތަކުން ސައެންސްގެ ހޯދުންތަކަށް އަހުލުވެރިވުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި، ކަނޑުތަކުން ވެލިނަގައިގެން ބިންހިއްކުން ހުއްޓާލުމަށް، ށެވް މޯލްޑިވްސް ކެމްޕޭނުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

އާންމުކޮށް ރާއްޖޭގައި މިދުވަސްވަރާއި ދިމާކޮށް ގާހުދުވެއެވެ. މިހެން މިކަން ދިމާވަނީ މޫސުމީ ބަދަލުތަކާއި އަދި ދުނިޔޭ ހޫނުވުުން ކުރާ އަސަރުތަކުގެ ސަބަބުންނެވެ. އާންމުކޮށް ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތެލީ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން ގެނުވަ އެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު އައިސް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކައިގެ ފަރުތައް ނާޒުކު ހާލަތަކަށް އަންނަމުންދާތީ ބައިނަލްއަގުވާމީ ފެންވަރުގައި ސައެންސްވެރިން ދަނީ މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!